ޚަބަރު

މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ބޭފުޅުންނާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

އަހުމަދު ޖައިޝަން

1

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގެ ބޭފުޅުންނާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.

މިއަދު އެ ކޮމިޝަންގައި ހިމެނޭ ބޭފުޅުންނާ ރައީސް ނަޝީދު ބައްދަލު ކުރެއްވިއިރު އެ ކޮމިޝަންގެ ޗެއާ ހުސްނުއްސުއޫދު ވެސް ވަނީ އެ ބައްދަލުމުގައި ބައިވެރިވެވަޑައިގެންފައެވެ.

ސުޢޫދު ކުރީން ވިދާޅުވީ އެ ކޮމިޝަނަކީ ރައްޔިތުންގެ ކުރިމަތީގައި ފެއިލްވެފައިވާ ކޮމިޝަނަކަށް ވާން ބޭނުން ނުވާކަމަށެވެ. ކޮމިޝަނުން މައްސަލަތައް ބަލައި ނިންމަން ދެއަހަރު ލިބިފައި ވީނަމަވެސް، އެއަށްވުރެ މާ އަވަހަށް މައްސަލަތަކުގެ ތަހުގީގު ނިންމަވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމިޝަނަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދުކޮށްގެން ހިންގާ ކޮމިޝަނެއް ނޫން ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދެއަހަރުގެ ތެރޭގައި މައްސަލަތައް ކޮޅެއްގައި ޖެހޭނެ ކަމަށާއި، އެކަށީގެންވާ ކާމިޔާބީއެއް ހޯދޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ އެކޮމިޝަނުން ބަލަން ހަމަޖެހިފައިވަނީ 1 ޖެނުއަރީ 2012 ގެ ފަހުން ހިނގާފައިވާ މައްސަލަތަކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟