ޚަބަރު

ރައީސް ސޯލިހުގެ ދައުރުގެ ބާކީ ދުވަސްތައް ކުރިއަށްދާނީ އޮމާންކޮށް، އަޅުގަނޑު މިހުރީ އެމަނިކުފާނާއެކު: ޖާބިރު

އަލީ ޔާމިން

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ބާކީ ދުވަސްތައް ކުރިއަށްދާނީ އޮމާންކޮށް ކަމަށާއި އޭނާ ހުންނެވީ އެމަނިކުފާނާއެކު ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ރައީސް ސޯލިހާ ބައްދަލުކޮށް، ކާމިޔާބު ވާހަކަތަކެއް ދެކެވުނު ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުވެ ގިނަ ވަގުތު ވާހަކަދެކެވި ރާއްޖޭގެ މިވަގުތުގެ އާންމު ހާލަތާއި، ސިޔާސީ މަޝްރަހާއި، ވިޔަފާރިއާ ގުޅޭގޮތުން ވާހަކަ ދެކެވުނު. ކާމިޔާބު ވާހަކަތަކެއް! ދައުރުގެ ބާކީ ދުވަސްތައް ކުރިއަށް ދާނީ އޮމާންކޮށް. އަޅުގަނޑު މިހުރީ ރައީސް ސޯލިހާއެކު،" ޖާބިރު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ހުންނެވިކަން ޖާބިރު މިރޭ ހާމަ ކުރެއްވިއިރު މީގެ ކުރިން އޭނާ ފާހަގަވެފައިވަނީ ރައީސް ސޯލިހުގެ ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވި ބޭފުޅެއްގެ ގޮތުގައެވެ.

ޖާބިރު ވަނީ މީގެ ކުރިން ރައީސް ސޯލިހު ވެރިކަމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއްވެސް ވައްދައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟