މަތި ދެކުނުގެ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާކުރަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މަތި ދެކުނު ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށެއްގައި އިއްޔެގެ ވަގުތެއްގައި ބިދޭސީއަކު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުނު މައްސަލައެއް މިއަދު މެންދުރުފަހު 2:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ބިދޭސީ މީހާއަކީ ގަވައިދާ ހިލާފަށް އެރަށުގައި ދިރިއުޅޭ މީހެއް ކަމަށާއި އޭނާގެ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.