ޚަބަރު

12 ކުންފުންޏެއްގެ އެމްޑީންނާއި ޗެއާމަނުން ވަކިކޮށްފި

އަހުމަދު ޖައިޝަން

ރާއްޖޭގެ ތާފާތު ދާއިރާތަކުގެ 12 ކުންފުންޏެއްގެ ޗެއާމަނުންނާއި މެނޭޖިން ޑިރެކްޓަރު (އެމްޑީ) މަަގާމުން ވަކި ކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ)ގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު 12 ކުންފުންޏެއްގެ ބޯޑް މެމްބަރުންނާއި ޗެއާމަނުން އަދި އެމްޑީން މަގާމުން ވަކި ކޮށްފައިވާ ކަމަށެވެ.

ބޯޑް މެމްބަރުން ވަކި ކުރި ކުންފުނިތަކަކީ ސްޓެލްކޯ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އައިލެންޑް އޭވިއޭޝަން އާއި ފެނަކަ ކޯޕަރޭޝަން އާއި ހައްޖު ކޯޕަރޭޝަން އާއި އެމްޓީސީސީ އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި ދިރާގެވެ. އޭގެ އިތުރުން ޕީއެސްއެމް އާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ އިތުރުން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ވެސް އެ ކުންފުނިތަކުގެ ތެރޭގައި ހިމެނެއެވެ.

ސްޓެލްކޯއިން ވަނީ ދެ ބޭފުޅަކު މަގާމުން ވަކިކުރައްވާފައެވެ. އެއީ

އަހުމަދު އައިމަން – ޗެއާމަން

އަހުމަދު ޒުހޫރު – މެނޭޖިން ޑިރެކްޓަރު

އެޗްޑީސީ

މުހައްމަދު ޝާހިދު – ޗެއާމަން

މުހައްމަދު ނާސިފް – މެނޭޖިން ޑިރެކްޓަރު

އަހުމަދު ބުންޔާމީން – މެމްބަރު

އައިލެންޑް އޭވިއޭޝަން

އަހުމަދު ޝަފީއު – ޗެއާމަން

އަބްދުލް ހާރިޘް – މެނޭޖިން ޑިރެކްޓަރު

ހައްޖު ކޯޕަރޭޝަން

އިދުރީސް އިސްމާއީލް – މެނޭޖިން ޑިރެކްޓަރު

އެމްޓީސީސީ

އަހުމަދު ނިޔާޒު - ޗެއާމަން

އިބްރާހީމް ޒިޔަތު – މެނޭޖިން ޑިރެކްޓަރު

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް

މުހައްމަދު ލަތީފް – މެނޭޖިން ޑިރެކްޓަރު

ދިރާގު

މުހައްމަދު އަޝްމަލީ – ޗެއާމަން

ޕީއެސްއެމް

މަރިޔަމް އަޒުރާ އަހުމަދު – ޗެއާޕާސަން

އިބްރާހީމް ހަލީލް – މެނޭޖިން ޑިރެކްޓަރު

މުހައްމަދު އިކްރާމް އަބްދުއްލަތީފް – ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ވިލޭޖް

މުހައްމަދު ރަޝީދު – ޗެއާމަން

މުހައްމަދު ސައިމަން – މެނޭޖިން ޑިރެކްޓަރު

ސްޕޯޓްސް ކޯޕަރޭޝަން

އިހްސާން އަބްދުލްޣަަނީ – ޗެއާމަން

އަބްދުއްރައްޒާގް އިބްރާހީމް – މެނޭޖިން ޑިރެކްޓަރު

މިއަދު 12 ކުންފުންޏެއްގެ ބޯޑު މެންބަރުން މަގާމުން ވަކިކޮށްފައިވާ އިރު، ބައެއް ބޯޑު ތަކުން ބޭފުޅުން ވަނީ ކުރީން އިސްތިއުފާދެއްވައިފަ އެވެ.