ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ ގދ. އަތޮޅުގައި އޮންނަ ޕާކް ހަޔަޓް މޯލްޑިވްސް ހަޑަހާ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އެމެރިކާގެ 59 އަހަރުގެ ފިރިހެނެއް ގެނބިގެން ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު މިއަދު 18:16 ހާއިރު ލިބިފައިވާ ކަމަށެވެ.
އެމީހާ ހޮސްޕިޓަލަށް ގެނެވުނު އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.
ޕާކް ހަޔަޓް ރިސޯޓުގައި އެމެރިކާގެ ފަތުރުވެރިޔަކު މިއަދު ގެނބިގެން މަރުވެފައިވާއިރު، ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މަރުވާ ފަތުރުުވެރިންގެ އަދަދު ދަނީ ގިނަވަމުންނެވެ.