ޚަބަރު

ދެ ދަރިންނަށް ޖިންސީ ގޯނާކުރި ދޮން ބައްޕަ ހައްޔަރުކޮށްފި

ދެ ދަރިންނަށް ޖިންސީ ގޯނާކުރި ދޮން ބައްޕަ ހައްޔަރުކޮށްފައިވާނެކަމަށް މޯލްޑިވްސް ޕޮލިސްސާވިސްއިން ބުނެފިއެވެ.

ފުލުހުން ބުނީ ދެ ދަރިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މިއަދު 12:45 ކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އުމުރުން 55 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ އަކީ އެ ދެކުދީންގެ ދޮންބައްޕަ ކަމަށް ފުލުހުންގެ މީޑިއާ އިން "ވަން" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ ދެ ކުދީންނަށް ޖިންސީ ގޯނާކުރި ދޮންބައްޕަގެ މައްސަލަ ފުލުހުން ބަލަމުން އަންނަ އިރު، މިއަދު ވަނީ ގދ. ހޯޑެއްދޫގައި 14 އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ މަންމަ ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފެންމަތިވެފަ އެވެ.

މި މައްސަލައިގައި ވެސް ގޯނާ ލިބުނު ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ. ޖެންޑާ މިނިސްޓްރީން ބުނީ ތުހުމަތު ކުރެވޭ އަންހެން މީހާގެ އިތުރު ދެ ދަރީން ވެސް ތިބި ކަމަށާއި އެ ކުދީންވެސް ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.