ޚަބަރު

މާލޭން ބިން ދޫކޮށްލާ ފަރާތްތަކާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް ގަރާރު ފާސްކޮށްފި

އިބްރާހިމް ޒަކީ

3

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅިފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާ ގުޅޭގޮތުން ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު އެ ގަރާރު ފާސް ކުރީ، ޖަލްސާގައި ތިއްބެވި، 78 މެންބަރުންގެ ތެރެއިން 73 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެ ގަރާރު ފާސް ކުރި އިރު، މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އެ ގަރާރު ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި ކަންތައްތަކެއް ފާހަގަ ކޮށްފައިވެއެވެ.

އޭގެ ތެރޭގައި، ހިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފްލެޓް ތަކުގެ މައްސަލަ ރައީސުލް ޖުމްހޫރިއްޔާގެ ހާއްސާ ކޮމިޓީއަކުން ބައްލަވަމުންދާތީ، އެ ފަރާތްތަކާގުޅޭ މައްސަލަ ވީ އެންމެ އަވަހަކަށް ނިންމަވައި އޭގެ ތެރެއިން ފުލެޓް ހައްގުވާ ފަރާތްތަކަށް ފުލެޓް ހަވާލު ކޮށްދިނުމަށް ހުށަހަޅާފައިވެއެވެ.

އަދި އަލަށް ކުދި ބިންކޮޅު ދޫކޮށްލާ ފަރާތްތަކަށް ބޯހިޔާވަހިިކަން ހަމަހަޖައްސައި ދިނުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށްވެފައި، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެ މަޝްރޫއު ހިމެނނިފައި ވީނަމަވެސް އެކަމަށް އަދި ވަކި ތާރީހެއް ކަނޑައެޅިފައިނުވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ފާހަގަ ކޮށްފައިވާތީ، އެކަމަށް ތާރީހެއް ކަނޑައަޅުއްވައި ވީ އެންމެ އަވަހަކަށް އެކަން ތަންފީޒު ކުރުމަށްވެސް ސަރުކާރަށް ވަނީ ގޮވާލައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟