ޚަބަރު

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ ނައިބު ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

މަރިޔަމް ޝަހުދާ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ރައީސް ސޯލިހު މި މަގާމަށް އައްޔަން ކުރެއްވީ ގދ. ތިނަދޫ، ޑެން، މުހައްމަދު ނާސިހު ރަޝީދު އެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ނާސިހުއަކީ ބެޗެލަރ އޮފް ޝަރިއާ އެން ލޯއަށް ކިޔަވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން ޕްރޮޖެކްޓް މެނޭޖްމަންޓުން ޑިޕްލޮމާ، އެޑްވާންސް ސެޓިފިކެޓް އިން ޔޫތު ޑިވެލޮޕްމަންޓް، އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްތާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމްގެ ކޯހެއް ވެސް ނާސިހު ފުރިހަމަ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ނާސިހު ވަނީ މީގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު އަދާކުރައްވާފައެވެ. އަދި އަތޮޅު ކައުންސިލްގެ މެންބަރުކަންވެސް ނާސިހު ކުރެއްވިއެވެ.