ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ސްރީލަންކާގެ 72 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށާއި އެގައުމުގެ ރައްޔިތުންނަށް ދަންނަވާ ކަމަށެވެ.
ސްރީ ލަންކާގެ މިނިވަން ދުވަހަކީ ފެބުރުއަރީ ހަތަރު ވަނަ ދުވަހެވެ. މިދުވަހަކީ 1948 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން އެގައުމު ސަލާމަތްވެ ލިބުނު މިނިވަންކަން ފާހަގަ ކުރުމުން އަންނަ ދުވަހެވެ.