2020ގެ ރިޔާސީ ބަޔާނަކީ އެއްވެސް އުއްމީދެއް ނެތް ބަޔާނެއް ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު 2020 ވަނަ އަހަރަށް ރިޔާސީ ބަޔާން އިއްވެވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން ރައީސް ސޯލިހު މިއަދު މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނަކީ އުއްމީދެއް ނެތް ބަޔާނެއްކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް މި ރިޔާސީ ބަޔާނުގައި އެޑްރެސްކޮށްފައި ނުވާ ކަމަށެވެ.
ޖުމުލަކޮށް ބަލާނަމަ މި ރިޔާސީ ބަޔާނަކީ އެއްވެސް އޮއްޓަރެއް ނެތް ބަޔާނެއްގެ ގޮތުގައި އަދުރޭ ވަނީ ސިފަކުރައްވާފައެވެ.
އަދުރޭގެ އިތުރުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ވަނީ ރިޔާސީ ބަޔާނަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ މުޅި ދައުލަތް ވަނީ އޮޅުންބޮޅުމެއްގެ ތެރޭގައި ކަމަށް ސައީދު ވިދާޅުވިއެވެ.