ޚަބަރު

އަބުރު ރައްކާތެރިކުރުމުގެ ގާނޫނު އުވާލުމުގެ ބިލް ތަސްދީގުކުރައްވައިފި

އަހުމަދު ޖައިޝަން

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދިގުކުރައްވައިފި އެވެ.

އަބުރު ރައްކާތެރިކުރުމުގެ ގާނޫނު އުވާލުމުގެ ބިލް މިއަދު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު ސަރުކާރުގެ ގެޒެޓުގައި ވަނީ މިއަދު ޝާއިއުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ.