ޚަބަރު

މާލޭގައި ދިހަ މީހުންގެ ގްރޫޕަކުން ކާރަކަށް ގެއްލުން ދީފި

އަލީ ޔާމިން

މާލޭގައި ދިހަ މީހުންގެ ގްރޫޕަކުން ކާރަކަށް ގެއްލުން ދީފިއެވެ.

ފުލުހުން ބުނީ، މިއަދު 15:41 ހާއިރު ކަނބާ އައިސާ ހިނގުމުން ދުއްވާފައި ދިޔަ ކާރެއް ޓްރެފިކް ބާރުބޮޑުވެގެން މަޑުކޮށްލި ވަގުތު ދިހަ މީހުންގެ ގްރޫޕަކުން އައިސް ކާރަށް ގެއްލުންދީފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކާރަށް ގެއްލުންދިން ވަގުތު އެ ކާރުގައި ދެމީހުން ތިބި ކަމަށާއި ނަމަވެސް އެއިން މީހަކަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.