ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އޮފީސް އެހެން ތަނަކަށް ބަދަލުވެފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.
ޖޭއެސްސީން ކުރި ޓުވީޓެއްގައިވާ ގޮތުން އެ އޮފީސް ބަދަލުކޮށްފައިވަނީ ހެންވޭރު މެދުޒިޔާރަތް މަގުގައި ހުންނަ ސަކީނާ މަންޒިލް އިމާރާތަށެވެ. ކުރިން ޖޭއެސްސީ ހިންގަމުން ދިޔައީ ތީމުގޭގައެވެ.
ކުރިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ހިންގި އިމާރާތް ހ. ސަކީނާ މަންޒިލަށް ޖޭއެސްސީ ބަދަލުކޮށްފައިވަނީ ކޮންސަބަބަކާއި ގުޅިގެން ކަމެއް އެ ކޮމިޝަނުން ބުނެފައެއް ނުވެއެވެ. ޖޭއެސްސީ ހިންގާނެ އިމާރާތެއް ކުއްޔަށް ހިފުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ކޮމިޝަނުން ވަނީ އިއުލާން ކޮށްފައެވެ.
ޖޭއެސްސީން އެއިރު އިއުލާނުކުރީ 10،000 އަކަފޫޓުގެ އޮފީސް އިމާރާތެއް ހޯދުމަށެވެ.