ޚަބަރު

މުއިއްޒު ވަނީ އިންތިޚާބުގެ ކުރިން ޕާޓީން ވަކިކޮށްފައި: އެމްޑީއޭ

1

މިއަދު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީއޭ އިން ވަކިކޮށްފައި ކަމަށް އެޕާޓީން މިރޭ ބުނެފި އެވެ.

އެމްޑީއޭގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ މުއިއްޒު އެމްޑީއޭ އިން ވަކި ކޮށްފައި ހުރީ ޕާޓީގެ އަސާސީ ގަވައިދާއި ޕާޓީގެ އަސާސް ތަކާ ތަކުރާރުކޮށް ޚިލާފުވުމުގެ ސަބަބުން ކަމަށެވެ.

"ޕާޓީގެ އަސާސީ ގަވައިދާ ތަކުރާރުކޮށް ޚިލާފުވުމުގެ އިތުރުން ޕާޓީގެ ސްލޮޓެއްގައި ހުންނަވައިގެން ކުރައްވަމުން ގެންދެވި ރަސްމީ މަސައްކަތްތަކާ ގުޅިގެން ވެސް މުއިއްޒަށް ވަނީ ތަކުރާރުކޮށް ނަސޭހަތް ދެވިފައި،" އެމްޑީއޭގެ އޮފިޝަލު ވިދާޅުވި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޑރ. މުއިއްޒާއި އެމްޑީއޭ އާ ދެމެދު ޚިޔާލުތަފާތުވުންތައް އެންމެ ބޮޑުވެފައިވަނީ މުއިއްޒު އެމްޑީއޭ އިން ނަގާ ސްޓޭންޑްތަކަށް އަމަލު ނުކުރެއްވުމާއި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީއޭ ތަމްސީލުކުރުމުގައި ޕާޓީގެ އަސާސީ ގަވައިދާއި ތަކުރާރުކޮށް ޚިލާފުވެވަޑައިގެންފައި ވާތީ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟