ޚަބަރު

ޓޫރިޒަމް މިނިސްޓަރުގެ ނައިބު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

މަރިޔަމް ޝަހުދާ

މިނިސްޓަ އޮފް ޓުއަރިޒަމްގެ ނައިބުގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ، ހދ. ކުޅުދުއްފުށި، މާވިނަ، އަހުމަދު އާތިފު އެވެ.

މި މަގާމަށް އައްޔަން ކުރެވުމުގެ ކުރިން އާތިފު ހުންނެވީ ހދ އަތޮޅު ކައުންސިލުގެ ކައުންސިލަރެއްގެ މަގާމުގައެވެ. މީގެ އިތުރުން ހދ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމުވެސް މީގެ ކުރިން އާތިފު އަދާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އާތިފު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވާފައެވެ. އަދި މިހާރު ގެންދަވަނީ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.