ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަރުވައިގެން ދިޔަ ޓެކްސީއެއް ހުއްޓުވައި އޭގައި ތިބި ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ހުޅުމާލެ އިން މާލެއަށް ދަތުރު ކުރަމުންދިޔަ ޓެކްސީއެއްގައި ބަނގުރާ ހުރި ކަމަށް މިއަދު ހަވީރު 5:14 އެހާކަންހާއިރު ފުލުހުންނަށް މައުލޫމާތު ލިބުނު ކަމަށެވެ.
އެ މައުލޫމާތާ ގުޅިގެން އެ ޓެކްސީ ހުއްޓުވައި، ޓެކްސީގެ ޑިކީގައި ހުރި ދަބަސްތަކެއް ބަލައިފާސްކުރިއިރު 20 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ މައްސަލައާއި ގުޅިގެން ޓެކްސީގައި އެވަގުތު ތިބި 23 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކާއި 24 އަހަރުގެ ބަންގުލަދޭޝް ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.