ޚަބަރު

11 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 60 އަހަރުގެ މީހަކު ހައްޔަރު ކޮށްފި

އިބްރާހިމް ޒަކީ

4

އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 60 އަަހަރުގެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ދެކުނުގެ ރަށެއްގައި 11 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައަކާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ދިވެހި ފިރިހެނެއް ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރު ކުރީ މިއަދު މެންދުރު 12:00 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައަކީ، ހުސްވި ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ 4:30 ގައި ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މައްސަލަ ހިނގީ ކޮން ރަށެއްގައި ކަމެއް މައްސަލައިގައި ހައްޔަރު ކުރި މީހާ ނިސްބަތްވަނީ ކޮން ރަށަކަށް ކަމެއްވެސް ފުލުހުން ނުބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟