ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރާއްޖެއަށް ދަތިވާ ވަގުތުތަކުގައި އެހީތެރިވާ އެކުވެރިޔަކީ އިންޑިއާ، މި އެކުވެރިކަން ދަމަހައްޓާނަން: ޝާހިދު

5

ރާއްޖެއަށް އެންމެ ދަތިވާ ވަގުތުތަކުގައި އެހީތެރިވާ އެކުވެރިޔަކީ އިންޑިއާ ކަމަށާއި އަބަދުވެސް އެގައުމާއެކު އެކުވެރިކަން ދަމަހައްޓާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ އެންމެ ހާއްސަ ގުޅުން ކަމަށެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި އިންޑިއާއަކީ ރާއްޖެއަށް އެންމެ އެހީތެރިވާ އެކުވެރިޔަކީ އިންޑިއާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރާއްޖެއަކީ އިންޑިއާގެ ކަނޑުގެ ހިތަށް ވާއިރު، އެގައުމަކީ ރާއްޖެއަށް ވަރަށް މުހިންމު ގައުމަކަށް ވާނެ ކަން ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރުގަދަކުރަން ބޭނުންވާ ނަމަ، ދެ ގައުމުން ވެސް ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި ދެ ގައުމުގެ ގުޅުން ވަރުގަދަވެފައިވަނީ ވެސް ގުޅިގެން މަސައްކަތްކުރާތީ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟