ކ. ހުރާ ކައިރީގައި އޮންނަ ހުދުރަންފުށި ރިސޯޓުގައި ހުރި އަންހެން ޓޫރިސްޓަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހުގެ ރޭ 11 ޖަހާކަންހާއިރު ލިބުނު އެ ރިޕޯޓުގައި ބެހެން އުޅެފައިވަނީ އެ ރިސޯޓުގައި ހުރި 23 އަހަރުގެ އަންހެން ޓޫރިސްޓަކާ ކަމަށެވެ.
ނަމަވެސް އޭނާއާ ބެހެން އުޅުނީ އެ ރިސޯޓުގެ މުވައްޒަފެއް ކަމެއް ނުވަތަ އެހެން ޓޫރިސްޓެއް ކަމެއް އަދި ޓޫރިސްޓު މީހާއަކީ ގޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ނުބުނެއެވެ. އަދި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހުދުރަންފުށި ރިސޯޓުން ވެސް ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.