ޚަބަރު

ކެނެރީފް ރިސޯޓުގައި މަރުވެފައި އޮތް ފަތުރުވެރިޔަކު ފެނިއްޖެ

މަރިޔަމް ޝަހުދާ

އައްޑޫގައި ހިންގާ ކެނެރީފް ރިސޯޓުގައި މަރުވެފައި އޮތް ފަތުރުވެރިއެއް ފެނިއްޖެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ 62 އަހަރުގެ ފިރިހެނެކެވެ. މިމީހާއަކީ އިޓަލީގެ ރައްޔިތެއް ކަމަށް ފުލުހުން ބުނެއެވެ.

މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 7:08 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި މަރުވެފައިވާ މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާކަން ފެންނަން ނެތް ކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް މިމައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.