ޚަބަރު

ޗައިނާ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

މޫދަށް އެރި އުޅުނު ޗައިނާ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައިވަނީ ބ. އަތޮޅުގައި ހިންގާ ޑްރީމް ލޭންޑް ރިސޯޓުން މޫދަށް އެރި އުޅުނު 67 އަހަރުގެ ޗައިނާގެ ފަތުރުވެރިޔަކު ކަމަށެވެ.

މޫދަށް އެރި އުޅުނު އެ ފަތުރުވެރިޔާ ގެނބިގެން މިއަދު މެންދުރުފަހު 3:21 ހާއިރު ދަރަވަންދޫ ސިއްހީ މަރުކަޒަށް ގެންދެވިފައިވާ ކަމަށާއި އޭނާ މަރުވެފައިވާކަން ސިއްހީ މަރުކަޒުން މައުލޫމާތުދޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.