ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އިމާރާތް ކޮށްފައިވާ ޕްރައިވެޓް ރޫމްތައް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ރޫމްތައް ހުޅުއްވައިދެއްވީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ތައާރަފު ކުރި މިހިދުމަތާއެކު އެހޮސްޕިޓަލުން ފަރުވާ ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އެގޮތުން މި ހިދުމަތް ފެށިގެންދާއިރު، އެހޮސްޕިޓަލުގައި ހަ ޕްރައިވެޓް ރޫމާއި އެއް އެގްޒެކެޓިވް ރޫމް ހުންނާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.