ޚަބަރު

ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ ފައިސާގެ ގިނަ މައްސަލަތަކެއް ވަނީ ހުށަހަޅާފައި : ހަސަން ލަތީފް

އަހުމަދު ޖައިޝަން

ކުރީގެ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށް ސީދާ ތުހުމަތު ކުރެވޭ ބޮޑެތި އަދަދުގެ ފައިސާގެ ގިނަ މައްސަލަތަކެއް އެމްޑީޕީން ވަނީ ހުށަހަޅާފައި ކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގަައި ވިދާޅުވީ ރައީސް ޔާމީން އާ ގުޅުން ހުރި ގިނަ އަދަދެއްގެ ފައިސާގެ މައްސަލަތައް ފުލުހަށް ހަށަހަޅާފައިވަނީ އެކި ފަހަރުތަކުގެ މަތީން ކަމަށެވެ.

ލަސް ނުކޮށް އެ މައްސަލަތައް ވީހާވެސް އަވަހަކަށް ބަލަން ޖެހޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ފައިސާގެ ތެރެއިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އޭސީސީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ކޮމިޝަނުން ދާދި ފަހުން ވަނީ ބުނެފައެވެ.