ބ. ދަރަވަންދޫގައި އެއާޕޯޓަށް 30،000 ވަނަ ފުލައިޓް މިއަދު ޖައްސައިފިއެވެ.
ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ބާރު ބޮޑު އެއާޕޯޓް، ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓް ޖައްސާފައިވަނީ މިއަދު 11:00 ގައެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެ ފްލައިޓުން ދަރަވަންދޫއަށް 22 ފަސިންޖަރުން ފައިބައިފައިވެއެވެ.
ގިނަ އަދަދެއްގެ ރިސޯޓުތައް ކައިރީގައި އޮންނަ ދަރަވަންދޫ އެއާޕޯޓަށް މޯލްޑިވިއަންގެ އިތުރުން ވިލާ އެއާގެ ފްލައިމީ އަދި މަންޓާ އެއާ އިން ވެސް ޝެޑިއުލް ދަތުރުތައް ކުރެއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް އިން އޮޕަރޭޓްކުރާ ދަރަވަންދޫ އެއާޕޯޓް ހުޅުވީ، އޮކްޓޯބަރު 2012 ގައެވެ. އެއީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ.
ދަރަވަންދޫ އެއާޕޯޓުގެ ހިދުމަތް އަހަރަކު ލައްކައެއްހާ ފަސިންޖަރުން ހޯދައެވެ.