ޚަބަރު

ފުނަދޫ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފި

ށ. ފުނަދޫ އެއާޕޯޓަށް ޓެސްޓު ފަލައިޓް ޖައްސައިފިއެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ފުނަދޫ އެއާޕޯޓަށް ޓެސްޓު ފްލައިޓެއްގެ ގޮތުގައި މިއަދު ހެނދުނު 7:45 ގައި ޖައްސާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށްފަހު ފުރަތަމަ ހަފްތާއަކު ތިން ފްލައިޓް ދަތުރު ކުރާނެ ކަމަށެވެ. އަދި މާރިޗް މަސް ނިމެންވާއިރަށް ދުވާލަކު ތިން ފްލައިޓަށް ބަދަލުވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ތަރައްގީކުރަން ފެށި މި އެއާޕޯޓަކީ މޫދުން 40 ހެކްޓަރު ހިއްކައިގެން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓުގެ މަސައްކަތްކޮށްފައިވަނީ އެމްޓީސީސީންނެވެ.