ސިނަމާލެ ބުރިޖުން މާލެ އަރާ ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 27 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންދެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ވަނީ އެ އަންހެން މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ބުނެފައެވެ. އަދި ބޭރުފުށުން ސީރިއަސް އަނިޔާއެއް އެ އަންހެން މީހާއަށް ލިބިފައިވާ ކަމަށް ފެންނަން ނެތް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ބްރިޖުން މާލެ އަރާ ސަރަހައްދުގެ ލައިޓު ކައިރިން ސައިކަލަކާއި ކާރެއް ޖެހިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 7:15 ހާއިރު ކަމަށެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ކާރުގެ ފަހަތުން ދުއްވާފައި އައި ސައިކަލެއް ކާރުގައި ޖެހިގެންނެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.