ޚަބަރު

ކުޑަހުވަދޫ ފަޅުތެރޭގައި މީހަކު ގެނބިގެން މަރުވެއްޖެ

ދ. ކުޑަހުވަދޫ ފަޅުތެރޭގައި މީހަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ ކުޑަހުވަދޫ ހުޅަނގު ފަރާތު ފަޅުތެރޭގައި ގެނބިގެން މަރުވެފައިވަނީ 55 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ގެނބުނު މީހާ ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އެ ހާދިސާގައި މިއަދު އިރުއޮއްސި 6:45 ހާއިރު އެމީހާ މަރުވެފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.