ޚަބަރު

އައިޖީއެމްއެޗަށް ގެންދިޔަ ތަނުން ފިލި ގައިދީ ހޯދައި ހައްޔަރު ކޮށްފި

އިބްރާހިމް ޒަކީ

މާލޭ ޖަލުން ޓެސްޓެއް ހެދުމަށް އައިޖީއެމްއެޗަށް ގެންދިޔަ ތަނުން ފިލި ގައިދީ ހޯދައި ހައްޔަރު ކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ ފުލުހުންގެ އެހިތެރި ކަމާއެކު އޭނާ ހޯދައި ހައްޔަރު ކޮށްފައިވަނީ މިއަދު 2:10 އެހާކަންހާއިރު ކަމަށެވެ. އޭނާ މިހާރު ހުރީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ކަމަށާއި އޭނާ ހޯދުމުގައި ފުލުހުންގެ ފަރާތުން ދިން އެހީތެރިކަމަށް ޝުކުރު ކުރާ ކަމަށް ވެސް ކަރެކްޝަނުން ބުނެފައި ވެއެވެ.

ޓިއުބާ ކްލޯސަސް ޓެސްޓެއް ހަދަން އައިޖީއެމްއެޗަށް ގެންދިއުމުން ގދ. ރަތަފަންދޫ، ވެލީގޭ، އައިސަރު ނަސީމް ފިލީ ހެނދުނު 8:24 އެހާކަންހާއިރު އެވެ. އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހެއް ކަމަަށްވެސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.