އަންހެނުން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެއީ ސަރުކާރުން ހިތްވަރުދޭ ކަމެއް ވެސް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރު އަމީން އެހެން ވިދާޅުވެފައިވަނީ އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ފިގުހީ ލަފާ ހޯދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ ބާތިލުކުރުމަށް މިނިސްޓަރު ނެރުއްވި މެމޯއެއްގައެވެ.
ހެލްތު މިނިސްޓަރު އަމީން ނެރުއްވި މެމޯއެއްގައި ވިދާޅުވީ އަންހެނުން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެއީ ސަރުކާރުން ހިތްވަރުދޭ ކަމެއް ވެސް ނޫން ކަމަށެވެ.
އެކަމުގައި ލަފައެއް ހޯދަން ޖެހޭ ހާލަތެއް ނެތް ކަމުން އެޗްޕީއޭ އިން ފޮނުވި ސިޓީ ބާތިލުކުރަން އިސްލާމިކް މިނިސްޓްރީއަށް އެންގުމަށް ވަނީ ނިންމައިފައެވެ.
އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން އެޗްޕީއޭ އިން ލަފަޔަކަށް އެދުމުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދަން އިސްލާމިކް މިނިސްޓްރީން ވަނީ ހުށަހަޅައިފައެވެ.