މަގުމަތީގެ އެކްސިޑެންޓް

ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ސިނަމާލޭ ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދައިން ބުނީ އެކްސިޑެންޓެއް ވެގެން މިރޭ 6:45ގައި އެ ހޮސްޕިޓަލަށް ހަތަރު މީހަކު ގެނެސްފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ތިން ސައިކަލެއް ޖެހިގެންނެވެ.

އެކްސިޑެންޓުގައި އަނިޔާވެގެން ގެނެސްފައިވާ ހަތަރު މީހުންގެ ތެރެއިން މާލޭ ސިޓީ، އުމުރުން 20 އަހަރުގެ ފިރިހެން މީހާއާއި ކ. ގުރައިދޫ، އުމުރުން 20 އަހަރުގެ ފިރިހެން މީހާ އަދި ށ. ފީވަކު، 20 އަހަރުގެ ފިރިހެން މީހާއަށް މާ ބޮޑު އަނިޔާތަކެއް ވެފައިނުވާ ކަމަށާއި އެ ދެ މީހުންނަށް ބޭސްއަޅާ ކޮޓަރީގައި ފަރުވާ ދީފައިވާ ކަމަށް އާސަންދައިން މައުލޫމާތުދެއެވެ.

އާސަންދައިން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވެގެން ގެނައި ތިންވަނަ މީހާއަކީ ރ. ވާދޫ، 25 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ ނޭފަތުން ލޭ އަންނާތީއާއި ބޮލުގެ އަނިޔާއެއް ކަމުން ޑޮކްޓަރުގެ ލަފާގެ މަތިން އެމަޖެންސީ ރެސްޕެންސް (އީއާރް)ގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭނާގެ ސީޓީ ސްކޭނެއް ހަދަން ޖެހޭތީ އައިޖީއެމްއެޗްއަށް ޓްރާންސްފާކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވެސް އާސަންދައިން ބުންޏެވެ.

އެ އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތެއް ނުވެއެވެ.