ޚަބަރު

ބްރައުން ވިޑޯ ފެނުނުތާ 24 ގަޑިއިރު ނުވަނީސް އޭގެ އިތުރު މަކުނުތަކެއް ފެނިއްޖެ، ސަމާލުވޭ!

އަހުމަދު ވަޖީފު

ބްރައުން ވިޑޯ މަކުނު ކ. އަތޮޅު ދެރަށަކުން ފެނިފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސްކޮށްފިއެވެ.

ވަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ފުލުން ބުނީ ބްރައުން ވިޑޯ މަކުނު ކ. އަތޮޅުގެ ދެ ރަށަކުން މިއަދު ފެނިފައިވާ ކަމަށެވެ. ވިޑޯ މަކުނު ފެނިފައި ވަނީ ކ. ހުރައާއި ތުލުސްތޫން ކަމަށް ފުލުހުން ބުނެ އެވެ. އެ މަކުނުތައް ނައްތާލުމުގެ މަސައްކަތް ފުލުހުންނާއި އެ ރަށްތަކުގެ ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ބްރައުން ވިޑޯ މަކުނު އިއްޔެ ކ. މާފުށިން ފެނުނުތާ 24 ގަޑިއިރު ނުވަނީސް އިތުރު މަނުކުތަކެއް އެ އަތޮޅުގެ ދެރަށުން ފެނިފައިވުމުން އެކަމަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ގޭތެރޭގައި އުޅޭއިރުގައްޔާއި ގޮނޑި، ޖޯލިފަދަ ތަންތާ އީށީންނައިރު މަކުނު ހާލި ހަދާފައި ހުރިތޯ ބެލުމަށްފަހު އިށީނުމަށް ސަމާލުކަން ދިނުމަށް ވެސް ފުލުހުން އެދެއެވެ.

އިއްޔެ ކ. މަފުށިން ބްރައުން ވިޑޯ މަކުނު ފެނުމާ ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ ލެބޯޓްރީ ޓެސްޓުތަކެއް ހެދުމަށްފަހު އެއީ ބްރައުން ވިޑޯ މަކުނުތަކެއްކަން ކަށަވަރު ކޮށްދީފައެވެ. އަދި އެ މަކުނުތަކަކީ ނުރައްކާތެރި މަކުނު ތަކެއް ކަމަށްވެސް ބުނެފައެވެ.