ފަނަރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކާއި އެކުއްޖާގެ މަންމަ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހަރުކަށި ފިކުރު ގެންގުޅެ، ގާނޫނާ ހިލާފަށް ކޯޓުން ބޭރުގައި 15 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނިކޮށްގެން ކަމަށް ބުނެ، އެކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:50 ހާއިރު 39 އަހަރުގެ ދިވެހި ފިރިހެނަކު ފުވައްމުލަކު ސިޓީން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާއަކީ 18 އަހަރުންދަށުގެ އަންހެން ކުދިންނާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 15 އަހަރުގެ އަންހެން ކުއްޖާގެ މަންމަ (35 އަހަރުގެ ދިވެހި އަންހެނެއް) އޭނާގެ ދަރިފުޅާ މެދު އިހުމާލުވެފައިވާ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު 4:02 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.