އަހްމަދު ނިހާން ހުސައިން މަނިކު

އިދިކޮޅު ޕާޓީއެއް އޮތަ ނުދިނުމަށް އިލެކްޝަންސް އިން މަސައްކަތް ކުރޭ: ނިހާން

އަހުމަދު ޖައިޝަން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރާ އިދިކޮޅު ޕާޓީއެއް އޮތަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުންނާއި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް އިން ރާއްޖޭގައި އިދިކޮޅު ޕާޓީއެއް އޮތަ ނުދިނުމަށް ކުރަމުންގެންދާ މަސައްކަތްތައް ވަގުތުން ވަގުތަށް ހުއްޓުވުމަށް ދަންނަވާ ކަމަށެވެ.

ނިހާން އެހެން ވިދާޅުވެފައިވާއިރު އިލެކްޝަންސްގެ ރައީސް މިއަދު ވިދާޅުވީ ރާއްޖޭގައި އިދިކޮޅު ޕާޓީއެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެހެންނަމަވެސް އެފަދަ ކަމެއް ކުރެވެން އޮތީ ގާނޫނުތަކާއި ގަވާއިދުތަކާއި އެކަމަށް ހަދާފައިވާ އުސޫލުގެ މަތީން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން އިއްޔެ ވިދާޅުވީ ވަޒީރުން ކުރައްވާ ގޯސްތައް ދެނެގަނެވުމަކީ ޕީޕީއެމްގެ ކޮނޑުގައި މިހާރު އެޅިފައިވާ ބޮޑު އަމާނާތެއް ކަމަށެވެ. އެއީ މިހާރު ސަރުކާރުގެ އިދިކޮޅު ޕާޓީއަކީ ޕީޕީއެމްއަށް ވާތީ ކަމަށް ނިހާން ފާހަގަކުރެއްވިއެވެ.