ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް

ސަރުކާރަށް ފާރަވެރިވާނެ އިދިކޮޅު ޕާޓީއެއް އޮތުން މުހިއްމު: އީސީ ޝަރީފް

އަހުމަދު ޖައިޝަން

ދިވެހި ސަރުކާރަށް ފާރަވެރިވާނެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ޕާޓީއެއް އޮތް ނަމަވެސް އެކަންތައް ކުރެވެން ޖެހޭނީ ވަކި އުސޫލެއްގެ މަތީން ކަމަށެވެ.

"ގާނޫނުތަކާއި ގަވާއިދުތަކާ އެކަަމަށް ހަދާފައިވާ އުސޫލުތަކާ އެއްގޮތައް ބިނާކުރާ ލީޑާޝިޕްއެއްގެ ދަށުން އެކަން ކުރެވޭނީ،" އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދާދިފަހުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ޕީޕީއެމްއަކީ ސަރުކާރުގެ އިދިކޮޅު ޕާޓީ ކަމަށާއި މިވަގުތަކީ ޕީޕީއެމްގެ މެމްބަރުން ގުޅިގެން ތިބެންވީ ވަގުތެއް ކަމަށެވެ.