ޚަބަރު

ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޝަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފި

މުހައްމަދު އިޝާން

ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ޝަރީޕުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިގެންނެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ ޝަރީފުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ސްޓެލްކޯއާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ކަމަށެވެ. އެ މައްސަަލަތުގެ ތަފުސީލެއް މީޑިއާ އޮފިޝަލެއް ނުދެއްވައެވެ.

އެނގިފައިވާ ގޮތުގައި ޝަރީފު، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވިއިރު ކުންފުންޏަށް ގެއްލުންވާ ގޮތަށް އެއްބަސްވުމެއްގައި ސޮއިކުރި މައްސަލައެއް އޭސީސީއަށް ވަނީ ހުށަހަޅައިފައެވެ.