ޚަބަރު

ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެއްވީ އާމިނަތު ޝިފާނާއެވެ.

ޝިފާނާއަކީ ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން 2004 ވަނަ އަހަރު ޑިގްރީ ހާސިލްކުރައްވައި، 2007 ވަނަ އަހަރު މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވައިފައެވެ.

ޖެންޑާ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ވެސް މީގެ ކުރިން އަދާކުރެއްވި ޝިފާނާއަކީ 1999 ވަނަ އަހަރާއި 2010 އާއި ދެމެދު ފޮރިން މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައިވާ ފަރާތެކެވެ. އެގޮތުން ފޮރިން މިނިސްޓްރީގައި ޝިފާނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ.