ގއ. މާމެންދޫގެ ދެކުނު ފަރާތު ގޮނޑުދޮށުން ގޮތް ނޭނގޭ ޕާރުސަލްތަކެއް ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިތަކެތި މާމެންދޫ ދެކުނު ފަރާތުގެ ގޮނޑުދޮށަށް ލައްގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 6:35 ހާއިރު ކަމަށެވެ.
މިހާތަނަށް މާމެންދޫ ގޮނޑުދޮށަށް މީގެ 44 ޕާރުސަލެއް ލައްގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިތަކެތި ޓެސްޓު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މިފަދަ ޕާރުސަލު ތަކެއް ރާއްޖޭގެ އެހެން ބައެއް ރަށްރަށަށް ވެސް މި ފަހަކަށް އައިސް ވަނީ ލައްގާފަ އެވެ. އެ ގޮތުން އިއްޔެ ތ. އަތޮޅަށް ވެސް މީގެ ދެ ޕެކެޓު ލައްގާފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން މައުލޫމާތު ދެއެވެ.