ޚަބަރު

މިސްރު ސަރުކާރުން އަރަބިއްޔާ ސުކޫލަށް ހަދިޔާކުރާ އަރަބި ފޮތްތައް ދިވެހި ސަރުކާރާ ހަވާލުކޮށްފި

އާނިފާ ހުސެއިން ސިރާޖް

އަލްއަޒްހަރު ޔުނިވާސިޓީ މެދުވެރިކޮށް މިސްރު ސަރުކާރުން އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއަށް ހަދިޔާކުރާ އަރަބި ޓެކްސްޓް ފޮތްތައް ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ފޮތްތައް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއާ ހަވާލުކުރެއްވީ މިސްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުސައިން އަލް ސަހަރްތީއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އަރަބިއްޔާ ސްކޫލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިސްރަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގެ އިޖުތިމާއީ ތަރައްގީއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުން އަންނަ ގައުމެކެވެ. އަދި އަލްއަޒްހަރު ޔުނިވާސިޓީން ގެންދަނީ އަރަބި މީޑިއަމަށް ރާއްޖޭގައި ކިޔަވައިދޭ ސްކޫލްތަކަށް ޓެކްސްޓް ފޮތްތައް ފޯރުކޮށްދީ، ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.