ގދ. ހޯޑެއްދޫއިން ގެއްލުނު ފިރެހެން މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ހޯޑެއްދޫން ގެއްލިގެން ހޯދި ފިރެހެން މިހާ ފެނިފައިވަނީ ރޭ 1:14 ހާއިރު ކަމަށެވެ. އަދި އޭނާ ފެނުނުކަން އާއިލާއިން އަންގާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ރޭ، ގެއްލިގެން ހޯދާފައި ވަނީ ސަތަވަރީގެ، އަލީ ޝަޒުވާން މުހައްމަދެވެ.