ޚަބަރު

ޑައިވިނަށް ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެ

މަރިޔަމް ޝަހުދާ

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ 71 އަހަރުގެ ޖަރުމަނު ފަތުރުވެރިޔެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި އަންހެން މީހާ މަރުވެފައިވަނީ އއ. މާޅޮސް ކައިރީ އޮތް ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް މާޅޮހު ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރާއި ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.