ޚަބަރު

ހޯނޑެއްދޫން މީހަކު ގެއްލިއްޖެ

1

ގދ. ހޯނޑެއްދޫން މީހަކު ގެއްލިއްޖެއެވެ.

ފުލުހުން ބުނީ ހޯނޑެއްދޫން ދިވެހި ފިރިހެނަކު ގެއްލިގެން އުޅޭ މައްސަލައެއް މިރޭ 9:37 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ހުށަހެޅުމާ ގުޅިގެން އެމީހާ ހޯދުމަށް ހޯނޑެއްދުއަށް ފުލުހުން ދިއުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ގެއްލިފައިވަނީ ހޯނޑެއްދޫ، ސަތަވަރީގެ، އަލީ ޝަޒުވާން މުހައްމަދެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟