ޚަބަރު

ޖިންސީ ގޯނާކުރާ ފަރާތްތަކަށް ހަރުކަށި އަދަބުދޭން ޖޭޕީން ގޮވާލައިފި

ޖިންސީ ގޯނާކުރާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ގޮވާލައިފިއެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމާއި ގުޅިގެން ޖޭޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އާއިލާގެ ޒިންމާދާރު މަގާމުގައި ތިބެ ކުއްޖާގެ ބައްޕަ ހިމެނޭ ގޮތަށް ހިންގާފައިވާ އެ އަމަލަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެއާއެކު ހަޑި ހުތުުރު އަމަލު ހިނގާ މީހުން އިސްލާމީ މުޖުތަމައުގައި މަދުން ނަމަވެސް އުޅޭކަމީ ހިތާމަކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ކުންދިންގެ ރައްކާތެރިކަމުގައި ތިބޭ ފަރާތްތަކުންކުރާ ލާ އިންސާނީ އަމަލުތައް ހުއްޓުވައި ޖިންސީ އަނިޔާ ލިބެމުންދާ ކުދިން ރައްކާތެރިކުރުމަށް ޖޭޕީގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ. އަދި ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް ޝަރުއީ މަރުހަލާ އަވަސް ކުރުމަށާއި އެފަދަ އަމަލު ހިންގާ ފަރާތްތަކަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް ޖޭޕީން ގޮވާލިއެވެ.