ކަސްޓަމްސް ސައުތު ރީޖަނަލް ހެޑް އޮފީސް އެޅުމަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ކަސްޓަމްސްއަށް ދޫކުރާ ބިމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އައްޑޫ ސިޓީ މަރަދޫގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ބިމުގެ އެއްބަސްވުމުގައި ކަސްޓަމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމް އަބްދުﷲ ޝަރީފެވެ. އަދި މި އެއްބަސްވުމުގައި އައްޑޫ ސިޓީގެ ފަރާތުން ސޮއިކުރެއްވީ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސާދިގެވެ.
އައްޑޫ ސިޓީއަށް ކޮމިޝަނަރު އޮފް ކަސްޓަމް ކުރައްވާ ރަސްމީ މިދަތުރުގައި ގަން ކަސްޓަމްސް އޮފީހުގެ އާ އިމާރާތް އެޅުމަށް އައްޑޫ ސިޓީ އިންޓަނޭޝަނަލް އެއާޕޯޓާއެކު މިއަދު އެއްބަސްވުމުގައި ސޮއިކުރަން ވަނީ ހަމަޖެހިފައެވެ.