ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް، މިއަދު ހަވީރު ކުވެއިތަށް ފުރާ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ނައިބުގެ މި ދަތުރުފުޅުގައި ކުވެއިތުގެ ބައެއް ސްކޫލްތަކަށާއި، އުންމުލް ގުރާ ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރެއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވާނީ މިއަންނަ ބުދަ ދުވަހު ކަމަށެވެ.
ދަތުރާ ބެހޭ އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.