ޚަބަރު

ވަޒީރުން ހަދާ ގޯސްތައް ދެނެގަންނަން ތިބި ޑޮކްޓަރުންނަކީ އަޅުގަނޑުމެން : ނިހާން

އަހުމަދު ޖައިޝަން

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަޒީރުންނަށް ކުރެވޭ ގޯސްތައް ދެނެގަންނަން ތިބި ބަޔަކީ މިއަދު ޕީޕީއެމްގެ މަޖިލިސް މެމްބަރުން ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިންމަނިކު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އާ ވަޒީރުންގެ މަސައްކަތްތައް ކުރެއްވުމަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

"އާ ވަޒީރުން ހަދާ ގޯސްތައް ދެނެގަތުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު އަމާނާތެއް،" ނިހާން ވިދާޅުވިއެވެ.

އާ ސަރުކާރުކާރާއެކު މިހާރު އިދިކޮޅު ފަރާތްތަކަކީ ޕީޕީއެމް ކަމަށާއި މިވަގުތަކީ ހުރިހާ ބޭފުޅުން އެކުގައި މަސައްކަތް ކުރަން ޖެހޭ ވަގުތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓާ މެދު ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރަށް ވަގުތު ދޭން ޖެހޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟