އިބްރާހިމް ޒަކީ
ސްޓޭޓްބޭންކް އޮފް އިންޑިއާ ކައިރީގައި ސެކިއުރިޓީ ބަލަހައްޓަމުންދިޔަ މީހަކަށް ހަމަލާދިން ކުއްޖަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭހައި ސްޓޭޓްބޭންކް އޮފް އިންޑިއާ ހުން އިމާރާތް ކައިރީގައި ސެކިއުރިޓީ ބަލަހައްޓަމުންދިޔަ މީހެއްގެ ގައިގައި، 18 އަހަރުން ދަށުގެ ކުއްޖަކު ތަޅައިގަނެ، މާރާމާރީ ހިންގާފައިވާ ކަމުގެ މައްސަލައެއް މިއަދު ހެނދުނު 7:21 ގައި ފުލުހުންނަށް ހުށަހެޅި ކަމަށެވެ.
،
މި މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެއް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.