ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް، ލޮނުޒިޔާރަތްކޮޅުގައި ތަރައްގީކުރާ ޕާކުގެ ތެރެއަށް ވަދެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިރޭ ހިނގި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ބުރިޖަށް އަރަން ދަނިކޮށް، ޓްރެފިކް ލައިޓު ކައިރިން ޕާކުގެ ފެންސުގައި ކާރު ޖެހިގެންނެވެ. އެ ހާދިސާގައި ޕާކުގެ ފެންސް އަދި ކާރަށް ވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.
އެ އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.