އެޓާނީ ޖެނެރަލް (އޭޖީ) އޮފީސް ހިންގުން ވަގުތީގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ ހަވާލުކޮށްފިއެވެ.
އޭޖީ އޮފީހުގެ މީޑިއާ އޮފިޝަލް ހުސައިން ހަސަން މިއަދު "ވަން" އަށް ވިދާޅުވީ އޭޖީ އޮފީސް ހިންގުން ފައްޔާޒުއާ ހަވާލުކުރީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ޗުއްޓީއަށް ވަޑައިގެންނެވުމާ ގުޅިގެން މިމަހުގެ އަށްވަނަ ދުވަހު ކަމަށެވެ.
އޭޖީ ރިފްއަތު މިހާރު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރުގައި ކަމަށާއި އަލުން އޮފީހާ ހަވާލުވެލައްވާނީ އަންނަ ހަފްތާއިން ފެށިގެން ކަމަށްވެސް ހުސައިން ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒަކީ ގާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރުކަން ވެސް ފައްޔާޒް އަދާކުރެއްވިއެވެ.