ޚަބަރު

މިދިޔަ މަހުގެ ތެރޭގައި 2،502 މީހުންނަށް އަލަށް ވޯކް ވިސާ ދޫކުރި

އާނިފާ ހުސެއިން ސިރާޖް

މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 2،502 މީހުންނަށް އަލަށް ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖުމްލަ 165 މީހުން ރާއްޖެ އެތެރެވިޔަ ނުދީ އެ މުއްދަތުގެ ތެރޭގައި ވަނީ ހިފަހައްޓައިފައެވެ. އަދި 11 މީހަކު އޮޅުވާލައިގެން ވަގު މައުލުމާތު ދީގެން ފުރަން އުޅެނިކޮށް ހިފަހައްޓާފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

އޭގެ އިތުރުން އޮފްލޯޑުކުރި ފަސިންޖަރުންގެ އަދަދު 262 އަށް އަރާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 214،776 މީހުން ރާއްޖެ އައިސްފައިވާ އިރު، އޭގެ ތެރެއިން 171،348 މީހުންނަކީ ފަތުރުވެރިންނެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ފުރާފައިވަނީ 194،044 މީހުން ކަމަށާއި އޭގެ ތެރެއިން 33،860 މީހުންނަކީ ދިވެހިން ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.