ޚަބަރު

ޑައިވިނަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެ

އާނިފާ ހުސެއިން ސިރާޖް

ގދ. ތިނަދޫގައި ކުދި މަސް ނަގަން ޑައިވިނަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ތިނަދޫ އުތުރުފަރާތު ކުނިކޮށްޓާ ދިމާއަށް، ފަރު ބޭރަށް ޑައިވްކޮށްގެން ކުދި މަސް ނަގަން ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގޮންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދުގެ 14:12 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށާއި، އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.